ސެންޓްރަލް ޕާކުގައި ތަރައްޤީކުރާ މިސްކިތް ފަރުމާކުރުމުގެ މުބާރާތުގެ ވަަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލު ކޮށްފި

ހުޅުމާލޭ ފޭސް 1 ގައި ތަރައްޤީކުރެވިފައިވާ ސެންޓްރަލް ޕާކުގައި ހަދާ މިސްކިތް ފަރުމާކުރުމުގެ މުބާރާތުގެ ވަނަތަަކަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލު ކޮށްފިއެވެ. ސެންޓްރަލް ޕާކަކީ ހުޅުމާލޭގައި ދިރިއުޅެމ...

06 Oct 2021 | 10:03

ހުޅުމާލޭ ފޭސް 1 ގައި ތަރައްޤީކުރެވިފައިވާ ސެންޓްރަލް ޕާކުގައި ހަދާ މިސްކިތް ފަރުމާކުރުމުގެ މުބާރާތުގެ ވަނަތަަކަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލު ކޮށްފިއެވެ.

ސެންޓްރަލް ޕާކަކީ ހުޅުމާލޭގައި ދިރިއުޅެމުންދާ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ތަފާތު ގިނަ ޙަރަކާތްތަކެއް އެކުލެވިގެންވާގޮތަށް ފަރުމާކުރެވި ތަރައްޤީކުރަމުން އަންނަ ޕާކެކެވެ.

އެގޮތުން ހަތަރު ސަރަަހައްދެއް އެކި ބޭނުންތަަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގައި މިސްކިތަކާއި އިސްލާމިކް ސެންޓަރެއް ބިނާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫޢުގެ ދަށުން ފަރުމާކޮށް ޑިޒައިން ކުރާ މިސްކިތަކީ ކޯޓްޔާޑާއި އެކު 2500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި އިސްލާމިކް ސެންޓަރުގައި ލައިބްރަރީ އެއްގެ އިތުރުން މީޓިންގ ރޫމް ފަދަ ތަންތަން ހިމެނިފައި ވެއެވެ.

އެގޮތުން މި މިސްކިތާއެކު ތަރައްޤީކުރެވޭ އިސްލާމިކް ސެންޓަރ ފަރުމާކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި ވަަނަތަަކަށް ހޮވުނު ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް މިއަދު ވަނީ އިނާމް ދީފަ އެވެ.

ވަނަތަަކަށް ހޮވުނު ފަރާތްތަކަށް އިނާމް ހަވާލު ކޮށް ދެއްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ އަލް އުސްތާޛު ފައްޔާޒް އިސްމާއިލް އެވެ.

މި މުބާރާތުން އެއްވަނައަށް ހޮވިފައިވަނީ މާއި ޑިޒައިން ޕްރައިވެޓް ލިމިޓެޑެވެ. އަދިި ދެވަނައަށް ހޮވިފައިވަނީ އައިޝަތު ރާސިއާ ހުށަހަޅާފައިވާ ކުރެހުމެވެ. ތިންވަނައަށް ހޮވިފައިވަނީ އިންސައިޑް ޕްލަސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅައިފައިވާ ކުރެހުމެވެ.

އެއްވަނައަށް ހޮވުނު ފަރާތައް 300،000 ރުފިޔާގެ އަގުހުރި އިނާމެއް ކަނޑައެޅިފައި ވެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓާއި ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވުނު މި ޑިޒައިން މުބާރާތަކީ، ދިވެހިސަގާފަތާއި ގުޅޭ އިހުގެ މިސްކިތްތަކުން މިސާލު ނަަގައިގެން ޑިޒައިން ކުރުމުގެ ފުރުސަތު ދިވެހި އާކިޓެކްޓުންނަށް ދިނުމުގެ ބޭނުމުގައި ކުރިއަށް ގެންގޮަސްފައިވާ މުބާރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް