ޒިކްރާ މިސްކިތުގެ މައްސަލައިގާ ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރަށް 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަނީ

ޒިކްރާ މިސްކިތުގެ މައްސަލައިގާ ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރަށް 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ނިންމައިފި އެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ މަޖީދީ މަގަށް އިންވެގެން ހުންނަ ޒިކުރާ މިސ...

06 Oct 2021 | 08:19

ޒިކްރާ މިސްކިތުގެ މައްސަލައިގާ ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރަށް 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ނިންމައިފި އެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ މަޖީދީ މަގަށް އިންވެގެން ހުންނަ ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތަށް ކޮށްފައި ވާތީ އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ އަހުމަދު ޒިޔާދު / ހަލަވެލި، ބ. އޭދަފުށި މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މިހާރު ނިމިފައިވާ އިރު، ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އޮތީ ޚުލާސާ ބަޔާން އިއްވުމެވެ.

އެ ދައުވާ އުފުލާފައިވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި އޭނާ ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ޕްރޮޕޯސަލެއް ހުށަހެޅުމުން ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމު ކޮށްފައި ވާތީ އެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައި ވާއިރު، އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާތީ އެވެ.

ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި މައްސަލައިގާ ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުންނެވި އިބްރާހިމް އަބްދުﷲ ސައީދު ގެ މައްޗަށްވެ ސް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެެވެ.

ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް