މާ ބޮޑަށް އޮޅުން އަރާތީ އެލަކްސް އަހުމަދުގެ ނަން އެމްއެން އަންއޮފިޝަލް އަށް ބަދަލުކޮށްފި

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ (ފޭކް) ޓުވީޓާ އެކައުންޓްކަމަށް ބެލެވޭ އެލެކްސް އަހުމަދު އެކައުންޓްގެ ނަން އެމްއެން އަންއޮފިޝަލްއަށް ބަދަލުކޮށްފި އ...

06 Oct 2021 | 07:18

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ (ފޭކް) ޓުވީޓާ އެކައުންޓްކަމަށް ބެލެވޭ އެލެކްސް އަހުމަދު އެކައުންޓްގެ ނަން އެމްއެން އަންއޮފިޝަލްއަށް ބަދަލުކޮށްފި އެވެ.

އެލެކްސް އަހްމަދުގެ ނަމުގައި ހިންގަމުންއައި އެ އެކައުންޓުން ކުރަމުން އަންނަ ޓުވީޓްތަކުން އެއީ ރައީސް ނަޝީދު ކަމަށް ތުހްމަތު ކުރަމުންދަނިކޮށް އެ ޓުވިޓާ އެކައުންޓުން ވަނީ އެއީ ރައީސް ނަޝީދުކަމަށްވެސް މީގެ ކުރިން ބުނެފައި އެވެ. އަދި ރައީސް ނަޝީދު އެކަން ދޮގުކޮށްފައެއް ވެސް ނުވެއެވެ.

އެކައުންޓުގެ ނަން ބަދަލުކުރުމަށްފަހު ބުނެފައިވަނީ އެ ނަން ބަދަލުކުރީ މާ ބޮޑަށް އޮޅުން އަރާތީ ކަމަށެވެ.

އަލަށްް ޖެހި ނަން، އެމްއެން އަން އޮފިޝަލް އަކީ މުހައްމަދު ނަޝީދު އަން އޮފިޝަލް ކަމަށް ބެލެވެއެވެ. ރައީސް ނަޝީދު ވެރިފައި ކޮށްފައިވާ ރަސްމީ ޓުވިޓާ އެކައުންޓެއްްވެސް ބޭނުންކުރެ އެވެ.

https://twitter.com/anedhivehirajje/status/1445472195287740417

އެހެން ނަމަވެސް ނުރަސްމީ އެކައުންޓުންވެސް ސިޔާސީ ކަންކަމަށާއި ބައެއް މައްސަލަތަކަށް ރައްދު ދެއްވާ ޓުވީޓް ކުރައްވަ އެވެ. އޭގެ ތެރޭގައި އިސްލާމްދީނާއި ދެކޮޅު ވާހަކަދައްކަވައި އަދި ހިޔާލު ފާޅު ކުރައްވާފައިވާ ޓުވީޓުތައް ހިމެނެ އެވެ.

ރައީސް ނަޝީދުގެ ރަސްމީ ޓުވިޓަރ އެކައުންޓް 247000 މީހުނަށް ވުރެ ގިނަ މީހުން ފޮލޯކުރެ އެވެ. އަދި ނުރަސްމީ އެކައުންޓް 27،000 އަށްވުރެ ގިނަ މީހުން ފޮލޯކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް