ހިއުމަންރައިޓްސް ކޮމިޝަނު (އެޗްއާރްސީއެމް) ގެ އިންވެސްޓިގޭޝަން ޑިޕާޓުމަންޓުގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 2021 އޮކްޓޯބަރ ފަހެއްވީ އަންގާރަ ދުވަހުއެވެ. އެގޮތުން މި ސެޝަނުގައި އެޗްއާރްސީއެމްގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާއި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާއާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއވިފައިވެއެވެ.
އެޗްއާރްސީއެމް އިން ވިދާޅުވާގޮތުގައި މި ސެޝަންގެ މަޤްސަދަކީ ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު) ގެ ދަށުން އެކޮމިޝަނުން ތަޙްޤީޤުކުރާ މައްސަލަތައް ތަޙުޤީޤު ކުރުމުގައްޔާއި ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގައި ފުރިހަމަ ކުރަންޖެހޭ އުންސުރުތައް ދެނެގަނެ، މި މަރުޙަލާތަކުގައި ކޮމިޝަނުން ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް