ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ރާއްޖެ ވަޑައިގެންފި

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފި އެވެ. ޢަބްދުﷲ ޝާހިދު، ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރޝަނަލް އެަރޕޯޓުން އެމަ...

06 Oct 2021 | 06:45

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފި އެވެ.

ޢަބްދުﷲ ޝާހިދު، ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރޝަނަލް އެަރޕޯޓުން އެމަނިކުފާނަށް މަރްޙަބާ ދެންނެވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް،އަޙްމަދު ޚަލީލާއި ފޮރިން ސެކްރެޓަރީ، ޢަބްދުލްޣަފޫރު މުޙައްމަދެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ޢަބްދުﷲ ޝާހިދު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދައުވަތު ދެއްވާފައި ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގައި 76 ވަނަ ބައްދަލުވުމުގައި ތަޤްރީރު ކުރެއްވުމަށް މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް