ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުގައި އެހެން ޤައުމެއްގެ ސަޕޯޓަރުންނަށް ކުޅިބަލަން ނުވަދެވޭނެކަމަށް ފްޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
އެފްއޭއެމް އިން މިހެން ބުނެފައި މިވަނީ ބައެއް ދިވެހިން ޓިކެޓް ގަތުމަށްފަހު، އެހެން ޤައުމުތަކުގެ ސަޕޯޓަރުންނަށް އަގުބޮޑުކޮށް ވިއްކަމުންދާ ދަނޑިވަޅެއްގަ އެވެ.
މިގޮތުން ބަންގްލަދޭޝްގެ ރައްޔިތުންނަށް 1500 އާއި 2000 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި ޓިކެޓް ވިއްކަމުންދާކަމުގެ މައުލޫމާތު އެފްއޭއެެމްއަށް ލިބެމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެފްއޭއެމް އިން ބުނީ ދިވެހި ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓުގައި ބިދޭސީއަކަށް ދަނޑަށް ނުވަދެވޭގޮތަށް ހަމަޖައްސައިފައިވަނީ މައިގަނޑު ދެ ސަބަބަކަށްޓަކައި ކަމަށެވެ.
އެގޮތުން ފުރަތަމަ ސަބަބަކީ ބްލެކް މާކެޓުގައި ޓިކެޓްވިއްކުން ހުއްޓުވުން ކަމަށާއި ދެވަނަ ސަބަބަކީ ދެޓީމުގެ ސަޕޯޓަރުން އެއްވެ ތިބެ މެޗު ބަލަމުންދާނަމަ ދިމާވެދާނެ ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް ވެސް އެފްއޭއެމް އިން ބުނެ އެވެ.
އެފްއޭއެމްއިން އިތުރަށް ބުނީ އެހެން ޤައުމުތަކުގެ ސަޕޯޓަރުންނަށް ކުޅިބަލަން ދަނޑަށް ވަދެވޭނީ ވޯކް ޕަރމިޓް ނުވަތަ ވިސާ ދެއްކުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް