އައްޑޫގައި ހުންނަ އެމްޕީ އަސްލަމް ދިރިއުޅޭ ގޭގައި ރޯކޮށްލަން މަސައްކަތްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި އަނބިކަނބަލުން އައްޑޫ ސީޓީގައި ދިރިއުޅުއްވާ ގޭގައި ރޯކޮށްލުމަށް މަސައްކަތްކޮށްފިއެވެ. ހިތަދޫ ޝަރަފުއްދީން ސްކޫލް ކައިރ...

06 Oct 2021 | 06:08

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި އަނބިކަނބަލުން އައްޑޫ ސީޓީގައި ދިރިއުޅުއްވާ ގޭގައި ރޯކޮށްލުމަށް މަސައްކަތްކޮށްފިއެވެ.

ހިތަދޫ ޝަރަފުއްދީން ސްކޫލް ކައިރީގައި ހުންނަ މި ގޭގައި ރޯކޮށްލަން ބަޔަކު މަސައްކަތް ކުރީ ރޭގެ ވަގޮތެއްގައެވެ،

އެ ގޭގައި ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވަނީ ދޮރަށް ތެޔޮ އަޅައިގެންނެވެ. ރެޔަކީ އައްޑޫއަށް ވަރަށް ވިއްސާރަ ރެޔަކަށްވުމުން ރޯކޮށްލުމަށް މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުނުވީއެވެ،

މި ކަން ހިނގާފައި މި ވަނީ މިފަހުން މަޖިލީހުގެ ތެރެއިންވެސް މެމްބަރު އަސްލަމްއަށް ޖިންސީ ފުރައްސާރައަކަށްވާ އަމަލެއް ކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައި ވަނިކޮށެވެ.

މި މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ސެކްރެޓޭރިއަޓަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން) އެވެ. އަސްލަމް އަށް ފުރައްސާރައަކަށްވާ އަމަލެއް ކުރިކަމަށް ތުހުމަތު ކުރެވެނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް