ވާދޫ ސްކޫލް 2 ބުރި އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ރ. ވާދޫ ސްކޫލް 2 ބުރި އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިޢުލާންކޮށްފި އެވެ. އެ ޢިޢުލާންގައި ބުނީ، ރ. ވާދޫ ސްކޫލް 2 ބުރި އިމާރާތުގެ މަ...

06 Oct 2021 | 06:02

ރ. ވާދޫ ސްކޫލް 2 ބުރި އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިޢުލާންކޮށްފި އެވެ.

އެ ޢިޢުލާންގައި ބުނީ، ރ. ވާދޫ ސްކޫލް 2 ބުރި އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެ ކަމަށެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނި ކަމަށް އިޢުލާންގައި ވެއެވެ، އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ވެސް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން، މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 05 އޮކްޓޯބަރ 2021 އިން  12 އޮކްޓޯބަރ 2021 14:00 ގެ ނިޔަލަށް ފޯމް ހުށަހެޅުއްވުމަށް އިޢުލާންގައި އެދިފައި ވެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.

ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000ރ (ފަންސަވިސް ހާސް) ހުށަހަޅަންވާނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަސް ކަމަށް ބަޔާންކޮށްފައި ވެއެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ވެސް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެ ކަމަަށް އެޑިޔުކޭޝާން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ބިޑް ހުޅުވުން އޮންނާނީ 18 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 12:45 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް