އެންމެ ދެކުނުގެ ތިން އަތޮޅަށް މޫސުން ގޯސްވާނެކަމަށްލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން، މި ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ރަށްތަކަށެވެ.
މިއަދު ހެނދުނު 06:30 އިން ހެނދުނު 11:30 އާއި ދެމެދުގެ ވަގުތަށް ނިމުތުކޮށް ނެރެފައިވާ މި ހުދުސަމާލުގައި ބުނެފައިވަނީ އެ ޓައިމްފްރޭމްގައި އެ ރަށްތަކަށް ބޯކޮށް ވާރޭވެހުމައެކު ގުގުރުން، ގަޑިއަކު 19 މޭލާއި 24 މލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކުރެވޭކަމަށެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް