ދައުރު ހަމަވުމުގެ ކުރިން، ރައީސް ޔާމީނަށް "ކުރީގެ ރައީސް" ގެ ނަމުން މުހާބަތު ކުރެވޭނެކަމުގައި ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޖާބިރު ވިދާޅުވެފައިވަނީ ރައީސް ޔާމީނަކީ އިދިކޮޅު ލީޑަރެއް ނޫން ކަމަށެވެ. ނުވެސް ވެވޭނެ ކަމަށެވެ.
"ރައީސް ޔާމީން އަތުގަ ޕާޓީއެއް ނެތި، ސިޔާސީ ގޮތުން މަގުމަތިވާތަން ރައްޔިތުން ދެކޭނެ" ޖާބިރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޖާބިރު ވިދާޅުވެފައިވަނީ 12 އެމްޕީންނާއި ޕީޕީއެމްގެ އިތުރު އެމްޕީންގެ އެހީތެރިކަމާއެކު ދައުރު ހަމަވުމުގެ ކުރިން ރައީސް ޔާމީނަށް ކުރީގެ ރައީސްގެ ނަމުން މުހާތަބު ކުރެވޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް