ލަންކާ ރައީސްގެ ޚާއްސަ މަންދޫބެއް ރާއްޖޭގައި

އަވަށްޓެރި ސްރީ ލަންކާގެ ރައީސް މައިތިރްޕަލާ ސިސިރޭނާގެ ޚާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފިއެވެ. ޚާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންފައިވަނީ އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު ފައިޒަރް މުސްތ...

06 Oct 2018 | 13:39

އަވަށްޓެރި ސްރީ ލަންކާގެ ރައީސް މައިތިރްޕަލާ ސިސިރޭނާގެ ޚާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފިއެވެ. ޚާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންފައިވަނީ އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު ފައިޒަރް މުސްތަފާ އެވެ.

އެ މަންދޫބް އަންނަނީ ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވަމުންނެވެ. އެގޮތުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް އާއި އެ މަންދޫބް ބައްދަލުކުރައްވާފައިވެއެވެ.

https://twitter.com/maumoonagayoom/status/1048530462883233797

މަންދޫބުގެ ބައްދަލުވުންތަކުގެ ފޮޓޯތައް މީޑިއާއަށް ލިބުނު ނަމަވެސް މި ބައްދަލުވުންތަކުގެ އެއްވެސް ތަފްސީލެއް އަދި މީޑިއާއަކަށް ނުލިބެއެވެ.

https://twitter.com/jpspokesperson/status/1048549074343886848

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް