އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ޗައިނާއިން އެމަނިކުފާނަށް ދައުވަތު އަރުވައިފިއެވެ.
އެ ދައުވަތު އިންތިޚާބީ ރައީސަށް އަރުވާފައިވަނީ ޗައިނާއިން ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މިސްޓަރ ޒަންގް ލިޒޯންގް އެވެ. އޭނާ އިބޫއަށް މި ދައުވަތު އަރުވާފައިވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން މައުލޫމާތުދެއްވިގޮތުގައި މިއަދު ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާ ކުރެއްވި ކަމަށާއި އަދި ދިވެހިރާއްޖޭގެ ތަރައްޤީގައި ޗައިނާއިން ބައިވެރިވާނެ ކަމަށާއި އެކި އެކި ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމުގައި ޗައިނާގެ ސަފީރު ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް ގެދޮރު ބިނާކުރުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭޣޮތުން މަޝްވަރާ ކުރެއްވި ކަމުގައި އިންތިޚާބީ ރައީސްގެ އޮފީހުން މައުލޫމާތު ދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް