ވައިގަދަވެ ކަނޑު ގަދަވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށެވެ.
އެ އެލާޓްގައި ބުނެފައިވަނީ މިއަދު ހަވީރު 04:15 އިން މިރޭ 10:15 އާއި ދެމެދުގެ ވަގުތުތަކުގައި އާންމުގޮތެއްގައި ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށާއި ކަނޑު ގަދަވާނެކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް