ޑރ. ޖަމީލް ރާއްޖެ ވަޑައިގެންފި

އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވަމުންގެންދެވި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ޑރ. ޖަމީލް މިއަދު ރާއްޖެ ...

06 Oct 2018 | 11:18

އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވަމުންގެންދެވި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޑރ. ޖަމީލް މިއަދު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެ ޕާޓީގެ ރައީސް އަލީ ވަހީދުގެ އިތުރުން ގުޅިފައިވާ ކޯލީޝަންގެ އިސް ވެރިންނެވެ.

ޑރ. ޖަމީލް ރާއްޖެ ވަޑައިގެންފައިމިވަނީ ތިން އަހަރަށްވުރެ ގިނަ ދުވަހު އިނގިރޭސިވިލާތުގައި އުޅުއްވުމަށްފަހުގައެވެ. ނައިބު ރައީސް ކަމުގައި ހުންނަވަނިކޮށް އިތުބާރުނެތްކަމުގެ ވޯޓު ނަގައި ނައިބު ރައީސް ކަމުން ދުރުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެތެރޭގައެވެ.

އިނގިރޭސިވިލާތުގައި ހުންނެވި އިރު ޑރ ޖަމީލް ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް