ސީގަލް މެރައިންގެ އައުފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. މި ފިހާރަ ހުޅުވާފައިވަނީ 30 ސެޕްޓެމްބަރ 2018 ވަނަދުވަހުއެވެ.
މިއީ ސީގަލް މެރައިންގެ ދެވަނަ ފިހާރައެވެ. ސީގަލް މެރައިންގެ މައިފިހާރަ ހުންނަނީ އަމީނީމަގުގައެވެ.
ހުޅުމާލޭގައި ހުޅުވި ސީގަލް މެރައިން ފިހާރަ ހުންނަނީ ނިރޮޅުމަގު 19 ،ލޮޓް ނަންބަރު 11048 ގައެވެ. އެ ކުންފުނިން މައުލޫމާތުދޭގޮތުގައި ދެވަނަ ފިހާރައެއް ހުޅުވުމުގެ މަޤުޞަދަކީ، ސީގަލް މެރައިން އިން ވިއްކާ ތަކެއްޗަށް އޮންނަ ޑިމާންޑް ބޮޑުވަމުންދާތީ ހުޅުމާލޭގައި ދިރިއުޅޭ އެ ކުންފުންޏަށް ވަފާތެރި ކަސްޓަމަރުންނަށް ފަސޭހަގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމެވެ.
ބޯޓުފަހަރު އާއްމުގޮތެއްގައި ބަނދަރުކުރަނީ ހުޅުމާލޭ ފަޅުތެރޭގައި ކަމަށްވާތީ، ސީގަލް މެރައިންގެ އަލަށް ހުޅުވި ފިހާރައިން ކަސްޓަމަރުން ބޭނުންވާ ޚިދުމަށް އަވަސްވެގެންދާނެ ކަމަށާއި ކަސްޓަމަރުން އެންމެ ބޭނުންވާ ބައެއް ބްރޭންޑްތައް ކަމުގައިވާ އިންޓަނޭޝަނަލް ޕެއިންޓް، ޕްލާސްޓިމޯ، ޕޮލިފޯރމް ފެންޑާސް، ރޫލް ޕަންޕްސް، ސިކާ މެރައިން، ޖަބްސްކޯ ފަދަ ބްރޭންޑްތަކުގެ ތަކެތި މިފިހާރައިންވެސް ލިބެންހުންނާނެ ކަމުގައި ސީގަލް މެރައިން އިން ހާމަކުރެއެވެ. މީގެ އިތުރުން ސީގަލް މެރައިން ގެ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ސީގަލް މެރައިން މާލެ ފިހާރައިގައި ބޭނުން ކުރާކަހަލަ ސިގްމާ ޑެކޮރޭޓިވް ޕެއިންޓްގެ ކުލަ މިކްސްކުރާ މެޝިނެއް އަލަށް ހުޅުވި ފިހާރައިގަވެސް ހުންނާނެކަމުގައިވެސް އެފިހާރައިން ބުނެއެވެ.
ސީގަލް މެރައިންއަކީ ބޯޓް ބަނުމަށް ބޭނުންވާ ތަކެއްޗާއި ސަފާރީ ބޯޓުފަހަރަށް ބޭނުންވާ ސާމާނާއި ނެވިގޭޝަން އިކުއިޕްމަންޓާއި މެރައިން ޕެއިންޓް އިންޕޯޓުކޮށް ހޯލްސޭލް އަދި ރީޓޭލްކުރާތާ 30 އަހަރަށް ވުރެގިނަދުވަހުގެ ތަޖުރިބާ އާއި އިތުބާރު ލިބިފައިވާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް