ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހިތްޕުޅުގައި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއަށް ގަދަރާއި އިއްޒަތް އޮތް މިންވަރު ޓުވިޓާއިގައި ހާމަ ކުރައްވައިފި އެވެ.
އަށް މަސް ދުވަހު ޖަލުގައި އޮންނެވުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަންވި ފަހުން މިއަދު ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ތިޔަ ލޯތްބަކީ މި ދުނިޔެ މަތީ ކަމެއް ނޫން ކަމަށާއި ތި ވަފާތެރިކަމުގައި ހައްދެއް ނެތް ކަމަށެވެ. މައުމޫން ވަނީ މިވޭތުވެ ދިޔަ އަށް މަސް ދުވަހު ނަސްރީނާ ކުރެއްވި ހިތްވަރާއި ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައި އެވެ.
މައުމޫން ވިދާޅުވެފައިވަނީ ވޭތުވެދިޔަ މުއްދަތުގައި އެކަމަނާ ދެއްވި ލޯތްބާއި އޯގާތެރިކަން އަދި ވަފާތެރިކަން އެންމެ މަތީ ދަރަޖައިގަ ފާހަގަ ކުރައްވާ ކަމަށެވެ. ރައީސް މައުމޫން ވަނީ މިފަދަ ނިއުމަތެއް މިންވަރު ކުރެއްވީތީ މާތް ﷲ އަށް ހަމްދު ކުރައްވާފައި އެވެ.
https://twitter.com/maumoonagayoom/status/1048464355358957568
މީގެ ކުރިން ސިޔާސީ މައިދާނުގައި ވާހަކަދައްކަވާފއި ނުވާ މެޑަމް ނަސްރީނާ އިބްރާހިމް ވަނީ ރައީސް މައުމޫން ދޫކޮށްލައި ދިނުމަށް އެދި ކަރެކްޝަންސް އަށް ވަޑައިގެންފަ އެވެ. ރައީސް މައުމޫންގެ ޝަރީއަތްތައް ކުރިޔަށްދާ ދުވަސް ދުވަހު އެކަމަނާ ކްރިމިނަލް ކޯޓަށް ވަޑައިގެންނަވަ އެވެ.
ފުރަތަމަ ފަހަރަހަށް ސިޔާސީ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވީ އިދިކޮޅު އިއްތިހާދުގެ ކެމްޕެއިން ނިންމުމަށް އައްޑޫގައި ބޭއްވި ޖަލްސާގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް