ޕީޕީއެމްގެ ފާޑު ކިޔުން ރާއްޖޭގައި ހުންނަ އދ. ގެ އޮފީހަށް!

ވެރިކަން ކުރާ ޕީޕީއެމްއިން ރާއްޖޭގައި ހުންނަ އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރަށާއި މުވައްޒަފުންނަށް ފާޑު ކިޔައިފި އެވެ. ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ރުމާލު ދޭއް ގްރޫޕުން ޓުވީޓު ކުރުމުން ޕީޕި...

06 Oct 2018 | 05:32

ވެރިކަން ކުރާ ޕީޕީއެމްއިން ރާއްޖޭގައި ހުންނަ އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރަށާއި މުވައްޒަފުންނަށް ފާޑު ކިޔައިފި އެވެ.

ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ރުމާލު ދޭއް ގްރޫޕުން ޓުވީޓު ކުރުމުން ޕީޕިއެމްގެ ރަސްމީ ޓުވީޓާ އެކައުންޓުން ރީޓުވީޓު ކޮށްފައިވާ ޓުވީޓުގައި ވަނީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި އެކު ބާރުތައް ބަދަލު ކުރުމުގެ މަރުހަލާގައި ހަރަކާތްތެރިވާ އިދިކޮޅު ޓީމެއްގެ ފޮޓޯއެވެ.

އެ ފޮޓޯ އާއި ގުޅޭގޮތުން ޕީޕއެމް އާއި ސަޕޯޓަރުން ބުނެފައިވަނީ އެ ފޮޓޯއިން ފެންނަ އެމްޑީޕީ ޓްރާންސިޝަން ޓީމްގެ އަންހެނުންގެ ތެރޭގައި ރާއްޖޭގެ އދ. ގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބި ކަމަށެވެ. އަދި އެއީ އދ. އުސޫލުތަކާއި ހިލާފު ކަމެއް ނޫންތޯ ސުވާލުކޮށްފައިވެ އެވެ.

https://twitter.com/rumaalu2/status/1047858132389703681

އެ ފޮޓޯއަށް ކޮމެންޓު ކުރި ބައެއް ފަރާތްތަކުން ވަނީ ކުރިޔަށް އޮތްތާ އިދިކޮޅު މުޒާހަރާއަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އދ. ގެމަންދޫބުވެސް ފެނިދާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް