ޝްރަދާ ކަޕޫރަށް ޑެންގީ ހުން ޖެހިއްޖެ

ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރަށް ޑެންގީ ހުން ޖެހިއްޖެ އެވެ. އޭނާއަށް ޑެންގީ ޖެހިފައިވާކަން ހާމަކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ. ސަޕޯޓަރުންނަށް ފޮނުވި މެސެޖެއްގައި ޝްރައްދާ ބުނެފައިވަނީ އޭނާގެ ހާ...

06 Oct 2018 | 00:37

ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރަށް ޑެންގީ ހުން ޖެހިއްޖެ އެވެ.

އޭނާއަށް ޑެންގީ ޖެހިފައިވާކަން ހާމަކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ. ސަޕޯޓަރުންނަށް ފޮނުވި މެސެޖެއްގައި ޝްރައްދާ ބުނެފައިވަނީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި މާ ބޮޑަށް ހާސް ނުވުމަށެވެ.

ޝްރައްދާ އަށް ޑެންގީ ޖެހުނީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސައިނާ ނެވާލްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަސައްކަތް ފެށިފަހުންނެވެ. އެ ފިލްމުގެ ލީޑް ރޯލުން، ސައިނާގެ ބައިން ފެނިގެން ދާނީ ޝްރައްދާ އެވެ.

ޑެންގީ ޖެހުމުން އޭނާ ވަނީ ފިލްމުގެ މަސައްކަތުން ޗުއްޓީއެއް ނަގާފައި އެވެ.

އާންމުކޮށް ބޮލީވުޑް ތަރިން އިންޑިއާގެ އެކި ސަރަހައްދުތަކަށް ފިލްމު ޝޫޓިންތަކަށް ގޮސް އުޅޭއިރު ޑެންގީ ފަދަ ބަލިތަކަށް ޕޮޒިޓިވްވެ އެވެ. މީގެ ކުރިން ފިލްމު ޝޫޓިންގައި އުޅެނިކޮށް ދިޕިކާ ޕަދުކޯން އަދި ސޯނަމް ކަޕޫރު މެން ފަދަ ތަރިންނަށް ޑެންގީ ޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް