ފިނިފެންމާ ލޯންޗުކޮޅުގައި ދިން ހަމަލާއަކީ ރާވައިގެން ދިން ހަމަލާއެއް: ލަންކާ ސީއައިޑީ

މިދިޔަ މަހުގެ 28 ވީ ހޯމަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއަކީ ރާއްވައިގެން ދިން ހަމަލާއެއް ކަމުގައި ސިފަވާގޮތަށް ލަންކާގެ ސީއައިޑީއާއި ހަވާލާދީ ލަންކާ މިރާ ނޫހުން ބުނެފި އެވެ. އެ ނޫހުގައި ލަނ...

06 Oct 2015 | 18:31

މިދިޔަ މަހުގެ 28 ވީ ހޯމަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއަކީ ރާއްވައިގެން ދިން ހަމަލާއެއް ކަމުގައި ސިފަވާގޮތަށް ލަންކާގެ ސީއައިޑީއާއި ހަވާލާދީ ލަންކާ މިރާ ނޫހުން ބުނެފި އެވެ.

އެ ނޫހުގައި ލަންކާ ސީއައިޑީއާއި ހަވާލާދީ ބުނެފައިވަނީ މި ހަމަލާއަކީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއަކަށްވުރެ ރައީސަށް އިންޒާރެއްގެ ގޮތުގައި ދިން ހަމަލާއެއް ކަމުގައި ބެލެވޭ ކަމަށެވެ.

އަދި ގޮވި ކަމަށް ބެލެވޭ އެއްޗެއް ހަރުކޮށްފައި އިނީ ލޯންޗުގެ ކެޕްޓަން އިންނަ ދިމާލުގެ ތިރިން، ވީއައިޕީ ކެބިންގެ ތެރޭގައި ކަމަށާއި މި މައުލޫމާތު ދިވެހި ސަރުކާރާ ހިއްސާކޮށްފައި ވާނެ ކަމަށްވެސް ސީއައިޑީއާއި ހަވާލާދީ ލަންކާ މިރާގައި ބުނެފައި ވެ އެވެ.

މި މައްސަލައިގެ ތަހުގީގަށް ލަންކާ، އިންޑިއާ، އެފްބީ އައި އަދި ސައުދީ އަރަބިއްޔާއިން ކަމާބެހޭ މާހިރުން އައިސްފައިވާއިރު މި މައްސަލައާއި ބެހޭގޮތުން ދިވެހި ސަރުކާރުންވެސް އަދި އެމްއެންޑީއެފް އާއި ޕޮލިހުންވެސް މާ ބޮޑު ތަފްސީލުތަކެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް