"ފިނިފެންމާ" ލޯންޗުކޮޅު މައްސަލައިގާ ހައްޔަރުކުރި ދެމީހުންގެ ބަންދަށް 15 ދުވަސް

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮވި މައްސަލައިގާ ހައްޔަރު ކުރި، އެމްއެންޑީއެފްގެ ބަޑީ ގުދަނާއި ގުޅުންހުރި ވަޒީފާތަކުގައި އުޅޭ ދެ ސިފައިންގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން 15 ދުވަސ...

06 Oct 2015 | 17:42

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮވި މައްސަލައިގާ ހައްޔަރު ކުރި، އެމްއެންޑީއެފްގެ ބަޑީ ގުދަނާއި ގުޅުންހުރި ވަޒީފާތަކުގައި އުޅޭ ދެ ސިފައިންގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ މުހައްމަދު ޖަވާޒް އަދި މޫސާ ޒަމީރު ކިޔާ ސިފައިންގެ ދެމީހެކެވެ. މައުލޫމާތު ލިބޭގޮތުގައި މި ދެމީހުންގެ ތެރެއިން މޫސާ ޒަމީރަކީ އެސްޕްލޯސިވް އޯޑްނެންސް ޑިސްޕޯސަލް (އީއޯޑީ)ގެ މަސައްކަތް ކުރާ މީހެކެވެ.

މި ދެމީހުން ކޯޓަށް ހާޒިރުކޮށް ބަންދަށް މުއްދަތު ޖަހާފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. ޒަމީރު އަދި ޖަވާޒް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް