އަޅުގަނޑުގެ ނަމުގަ ދައުރުވަނީ ފޭކް އެސްއެމްއެސް އެއް: އުމަރު

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ނަމުގައި ދައުރުވަމުން އަންނަނީ ފޭކު އެސްއެމްއެސްއެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. ހޯމް މިނިސްޓް...

06 Oct 2015 | 16:54

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ނަމުގައި ދައުރުވަމުން އަންނަނީ ފޭކު އެސްއެމްއެސްއެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ މިނިސްޓަރު އުމަރުގެ ނަމުގައި ދައުރުވަމުން އަންނަނީ ފޭކު އެސްއެމްއެސްއެއް ކަމަށާއި އެކަން މިނިސްޓަރު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި މި އަމަލު ހިންގަމުން އަންނަނީ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ކަމަށާއި މި އަމަލަކީ މިނިސްޓަރުގެ އަގު ވައްޓާލަން ހިންގަމުންދާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް ތަޒްމީލް ވިދާޅުވި އެވެ.

މިނިސްޓަރުގެ ނަމުގައި މީޑީއާތަކަށާއި ބައެއް އާންމުންނަށް ފޮނުވަމުން އަންނަ މެސެޖުގައި ބުނެފައިވަނީ "މީޑިއާގެ ޒިންމާ މި ނާޒުކު ދަނޑިވަޅުގައި ރަނގަޅަށް އަދާކުރާނެ ކަމަށް އުންމީދު ކުރައްވާ" ކަމަށެވެ.

ދެވަނަ މެސެޖެއްގައި ބުނަފައިވަނީ މިއީ ގައުމީ ކަމެއް ކަމަށް ދެކިގެން ނައިބު ރައީސްގެ ކިބައިން މި ގައުމު ސަލާމަތް ކުރަން މަސައްކަތް ކުރައްވަން އެދޭ ކަމަށެވެ. އަދި މި އެދުމަކީ އެންމެ ފަހުގެ އިލްތިމާސް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް