އެންއައިސީއަށް އައްޔަނު ކުރުމަށް ފަސް ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ މިއަދު އުފެއްދެވި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އައްޔަން ކުރުމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައްފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއ...

06 Oct 2015 | 08:48

ރައީސުލްޖުމްހޫރިއްޔާ މިއަދު އުފެއްދެވި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އައްޔަން ކުރުމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ހާމަކުރައްވާ ގޮތުގައި އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރައްވަން ނަން ފޮނުއްވެވި ފަސް ބޭފުޅުންނަކީ ޔޫސުފް މާނިއު މުހައްމަދު، މުހައްމަދު ފަރުހާދު، ހަސަން ހަމީދު، ހަދީޖާ އަބްދުﷲ އަދި މަރިޔަމް ޒީނިޔާ އެވެ.

ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން “ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން” މިއަދު އުފެއްދެވުމަށްފަހު ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން މިއަދު ވަނީ އުވާލައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް