ސައުތު އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުގެ ނައިބް ރައީސަކަށް ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް އައްޔަންކޮށްފި އެވެ.
މި މަގާމަށް ތޮލާ އައްޔަން ކޮށްފައިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިހާރު ކުރިއަށްދާ އެ އެސޯސިއޭޝަނުގެ ބައްދަލުވުމުގަ އެވެ. ނައިބް ރައީސްގެ އަނެއް ދެ މަގާމަށް އައްޔަންކުރީ ނޭޕާލް އަދި ސްރީ ލަންކާގެ ދެ އޮފިޝަލުންނެވެ.
މި މަގާމު ތޮލާއަށް ލިބުމާއެކު މި މަގާމު ދިވެއްސަކަށް ލިބުނު މީ ފުރަތަމަ ފަހަރެވެ.
މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ކޮންމެ އަހަރަކު ކޮންމެވެސް އެއް ގައުމެއްގައި އެސޯސިއޭޝަނުގެ އަހަރީ ބައްދަލުވުމެއް ބާއްވައި ކުރިއަށް އޮންނަ އަހަރުގެ ޕްރޮގްރާމްތައް ކަނޑައަޅަން ނިންމައިފައި ވެ އެވެ. އެގޮތުން މިއަދުގެ ބައްދަލުވުމުގައި އަންނަ އަހަރު ސައުތު އޭޝިއަން ޖޫނިއާ މުބާރާތާއި ޔޫތު މުބާރަތް ބާއްވާ ތާރީހުތައް ކަނޑައަޅައި އަދި އަންނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ އެތުލެޓިކްސްގެ އިވެންޓްތައް ފައިނަލްކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް