ރައީސް މައުމޫން އަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ ބިލާއި ދެކޮޅަށް ޕީޕީއެމް އިން ތްރީ ލައިން ވިޕެއް

ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރަށް ހުށަހެޅި ބިލާއިދެކޮޅަށް އެޕާޓީން ތްރީލައިން ވިޕް ނެރެފިއެވެ. އެ ޕާޓީގެ ޕާލިމެންޓްރީ ގްރ...

06 Oct 2015 | 06:47

ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރަށް ހުށަހެޅި ބިލާއިދެކޮޅަށް އެޕާޓީން ތްރީލައިން ވިޕް ނެރެފިއެވެ.

އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން އެގޮތަށް ނިންމީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ މަސައްކަތް ފެށުމާއި ގުޅިގެން އިއްޔެ ބޭއްވި ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

މަޖިލީހަށް ހުށަހެޅޭ ބިލްތައް ބަލައި ގަތުމާއިމެދު އަމަލުކުރާނެ ވަކި ގޮތެއް ޕީޕީއެމް ޕީޖީ ގްރޫޕުން އާންމު ގޮތެއްގައި ނިންމަނީ އެބިލެއް މަޖިލީހަށް ބަލައި ގަތުމަށް ވޯޓަށް އެހުމަށް އޮންނަ ދުވަހު ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅިފައިވާ އެއިސްލާހަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމުގެ ކުރިން އެބިލާއި ދެކޮޅަށް ތްރީލައިން ވިޕް ނެރުނީ، ޕީޕީއެމްގެ ބައެއް މެމްބަރުން އެކަމަށް ބާރުއަޅުއްވަމުން ގެންދަވާތީ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޕާޓީތަކުގެ އިސްމާގާމުތައް ނުފުރޭގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރުމަށް ބިލު ހުށަހެޅީ މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް