ޕީއައިސީ އާއި ސީއައިސީ އުވާލެއްވުމަށްފަހު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ގާއިމް ކުރައްވައިފި

ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން "ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން" ގެ ނަމުގައި މިއަދު ކޮމިޝަނެއް ރައީސުލް ޖުމްހޫރިއްޔާ ގާއިމް ކުރައްވައިފި އެވ...

06 Oct 2015 | 06:34

ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން "ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން" ގެ ނަމުގައި މިއަދު ކޮމިޝަނެއް ރައީސުލް ޖުމްހޫރިއްޔާ ގާއިމް ކުރައްވައިފި އެވެ

ރައީސް އޮފީހުން ނެރެފައިވާ އެންގުމެއްގައި ވިދާޅުވެފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނަށް މިއަދު ޢަމަލުކުރަން ފަށާފައިވާތީއާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ޤާއިމުކުރައްވާފައިވާތީ، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން މިއަދު އުވާލައްވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 462 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށްވެސް އެ އެންގުމުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް