ޖަމިއްޔާތަކުގެ ގައުމީ ފޯރަމް ބޭއްވުން ފަސްކޮށް، ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފި

މި ހިނގާ އޮކްޓޯބަރު މަހުގެ 27 އަދި 28ގައި ބޭއްވުމަށް ކުރިން ހަމަޖެއްސި "ޖަމިއްޔާތަކުގެ ގައުމީ ފޯރަމް 2015" ފަސްކޮށް، އެ ފޯރަމްގައި ބަރިވެރި ވުމުގެ މުއްދަތު ހޯމް މިނިސްޓްރީން އިތުރު ކޮށްފި އެވެ. އެ މިނ...

06 Oct 2015 | 04:01

މި ހިނގާ އޮކްޓޯބަރު މަހުގެ 27 އަދި 28ގައި ބޭއްވުމަށް ކުރިން ހަމަޖެއްސި "ޖަމިއްޔާތަކުގެ ގައުމީ ފޯރަމް 2015" ފަސްކޮށް، އެ ފޯރަމްގައި ބަރިވެރި ވުމުގެ މުއްދަތު ހޯމް މިނިސްޓްރީން އިތުރު ކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ "ޖަމްޢިއްޔާތަކުގެ ޤައުމީ ފޯރަމް 2015" ނޮވެންބަރުމަހަށް ފަސްކުރެވިފައިވާތީ، ޖަމްޢިއްޔާތަކުގެ ޤައުމީ ފޯރަމްގައި ބައިވެރިވުމުގެ މުއްދަތު 27 އޮކްޓޫބަރު 2015 އަށް އިތުރުކުރެވިފައިވާކަން ޢާންމުކޮށް އަންގައި އިޢުލާންކުރާ ކަމަށެވެ.

މި ފޯރަމް ފަސްކުރި ނަމަވެސް ފޯރަމް ދެން ބާއްވާނެ ވަކި ތާރީހެއް އިއުލާނުގައި ހާމަކޮށްފައެއް ނުވެ އެވެ.

ހޯމް މިނިސްޓްރީން ހާމަކުރާ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ، ކްލަބް ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބާއްވާ މި ފޯރަމްގެ މައިގަނޑު މަގްސަދަކީ، ހިލޭ ސާބަހަށް މަސައްކަތްކުރުމަށް އުފެދިފައިވާ ޖަމިއްޔާތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ސަރުކާރާއި ގުޅިގެން ކުރެވެން ހުރި ކަންތައްތައް ފާހަގަކޮށް، ޖަމިއްޔާތަކުގެ ދައުރު އިތުރަށް ފުޅާކުރުމަށް ޖަމިއްޔާތަކުން އިސްނަގައިގެން ކުރެވޭނެ ކަންތައްތައް ދެނެގަތުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް