އިރާގުގެ ވެރިރަށް ބަގްދާދުގައި އިއްޔެ ދިން ކާރު ބޮމުގެ ހަމަލާއެއްގައި 47 މީހަކު މަރުވެއްޖެ އެވެ.
ބަގްދާދުގެ ޚާލިސް ޓައުންގައި އިއްޔެ ދިން މި ހަމަލާ ދީފައިވަނީ ކާރުބާރު ބޮޑު މާކެޓް ސަރަހައްދެއްގައި ކަމަށް އިރާގު ފުލުހުން ހާމަކުރެ އެވެ.
"އެ ކާރު ދުއްވާފައި އައި މީހާ ފުލުހުންގެ ގާތު އާދޭސްކުރި، ބޭހެއް ގަތުމަށް ފާމަސީއަށް ގޮސްފައި އަންނަންދެން ކާރު ޕާކުކުރުމަށް، އޭނާ ދިޔަތާ ފަސް ވަރަކަށް މިނެޓް ތެރޭގައި އެ ގޮވުމެއް ގޮވައިފި" އިރާގު ފުލުހުންގެ ކެޕްޓަން މުހައްމަދު އަލް-ތަމީމީ ވިދާޅުވިއެވެ.
މި ހަމަލާގައި 35 މީހަކު މަރުވި އެވެ.
ދެވަނަ ހަމަލާ ދީފައިވަނީ ބަގްދާދުގެ ހުސޭނިއްޔާ ޑިސްޓްރިކްޓްގަ އެވެ. ކާރުބާރުބޮޑު މާކެޓެއްގެ ކައިރީގައި ދިން މި ހަމަލާގައި 12 މީހަކު މަރުވި އެވެ.
މި ދެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވި ނަމަވެސް މިފަހުން އިރާގުގައި ދޭ މިފަދަ ހަމަލާތަކުގެ ޒިންމާ އުފުލަނީ އައިއެސް ޖަމާއަތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް