އެންމެ ޑިމާންޑް ބޮޑު އެއް ފިލްމު "ކަމަނަ" އިތުރު ތިން ޝޯ އިއުލާނުކޮށްފި

މި ފަހުގެ ތާރީހެއްގައި ދިވެހިންގެ މެދުގައި އެންމެ ޑިމާންޑު ބޮޑުކަމުގައި ގަބޫލުކުރެވިގެންދާ "ކަމަނަ" ފިލްމުގެ އިތުރު ޝޯތަކެއް މިރޭ އިއުލާނުކޮށްފިއެވެ. ދުވަހަށް މައުލޫމާތުދެމުން ފިލްމުގެ ޕްރޮޑިއުސަރ ޝާނ...

06 Sep 2024 | 18:47

މި ފަހުގެ ތާރީހެއްގައި ދިވެހިންގެ މެދުގައި އެންމެ ޑިމާންޑު ބޮޑުކަމުގައި ގަބޫލުކުރެވިގެންދާ "ކަމަނަ" ފިލްމުގެ އިތުރު ޝޯތަކެއް މިރޭ އިއުލާނުކޮށްފިއެވެ.

ދުވަހަށް މައުލޫމާތުދެމުން ފިލްމުގެ ޕްރޮޑިއުސަރ ޝާނީޒް އަލީ ބުނީ އޯގަސްޓް 27 އިން ފެށިގެން 27 ޝޯ ކުރިއަށްގެންދާއިރު ޓިކެޓު ވިކި ހުސްވެ، ޑިމާންޑު ބޮޑުކަން ފާހަގަކުރެވޭތީ އިތުރު ތިން ޝޯ ކުރިއަށްގެންދަން ނިންމީ ކަމަށެވެ.

"އަޅުގަނޑުމެން ހީވެސް ނުކުރާފަދަ ސަޕޯޓެއް މި ފިލްމަށް ލިބިގެން މިދަނީ، މިހާރު 27 ޝޯގެ އިތުރުން، އިތުރު ތިން ޝޯ މިހާރު އިއުލާނުކޮށްފައިވާއިރު، ރަށްރަށުގައިވެސް މިހާތަނަށް 47 ޝޯ މިވަނީ ކުރިއަށް ގެންދެވިފަ، އިތުރު ޝޯތައް ހުރީ ކުރިއަށް" ޝާނީޒް ބުންޏެވެ.

ޝާނީޒް ބުނީ ރަށްރަށުގައި އަދި އިތުރު 93 ޝޯ ނޯޓުކުރެވިފައިވާކަމުގައިވެސް ޝާނީޒް ބުންޏެވެ.

ކުރިއަށް އިތުރުކުރި ޝޯތަކުގެ މައުލޫމާތު:

  • 10 ސެޕްޓެމްބަރ، ރޭގަނޑު 11:30 ގައި
  • 11 ސެޕްޓެމްބަރ، ރޭގަނޑު 11:30 ގައި
  • 13 ސެޕްޓެމްބަރ، މެންދުރުފަސް 03:30 ގައި

މި ޝޯތަކުގެ ޓިކެޓު މާދަމާއިން ފެށިގެން އޮލިމްޕަހުގެ ކައުންޓަރުން ވިއްކަމުންގެންދާނެއެވެ.

"ކަމަނަ" ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ރިޝްފާ އަބްދުލް ސަމަދު ލިޔެފައިވާ ވާހަކައަކަށް ތަޖުރިބާކާރު މަހުދީ އަހުމަދު ސްކްރީން ޕްލޭ ތައްޔާރުކޮށް އަލީ ޝާނީޒް ޕްރޮޑިއުސްކޮށް އަދި ހުސެއިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ލީޑު ކާސްޓުންގެ ގޮތުގައި މުހައްމަދު ރަޝީދު (ދަރާ)، މުހައްމަދު މަނިކު، ނަތާޝާ ޖަލީލް، އަދި އައިމިނަތު ރަޝްފާ (އާޝާ) ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް