ކުޑަކުއްޖެއްގެ ހަށިގަނޑަށް ޕޭސްމޭކަރ އެއް ލެއްވުމަށް އާއިލާއަކުން ދެކެމުން އަންނަ ހުވަފެނަކަށް މަރިޔަމް ސަމާ، އާންމު ނަމުން ނަމަ "ޓިކްޓޮކް ސަމާ" ގެ "ހިތުން ހިތަށް ޕްރޮގްރާމްގެ ފަންޑްރެއިޒިންގ އިވެންޓެއްގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާގެ ފައިސާގެ އެހީތެރިކަމެއް ހޯދައިދީފިއެވެ.
މިރޭގެ ލައިވް ފެށީ މިރޭގެ 09:45ގައެވެ. ނިންމާލީ މިރޭގެ 10:45ގައެވެ. ލައިވްގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައިވެސް 20 ހާހާއި ގާތްކުރާ އަދަދަކަށް ފައިސާގެ އެހީ ލިބިގެންދިޔައެވެ.
ސަމާ އަދި ސަމާގެ ކޯ ހޯސްޓެއްގެ ގޮތުގައި "ވާވާ" އާއެކު ކުރިއަށްގެންދިޔަ މި ފަންޑްރެއިޒިން އިވެންޓްގައި ފައިސާގެ އެހީ ހޯދައިދީފައިމިވަނީ ހިތުގެ ބްލޮކެއް ހުރުމުގެ ސަބަބުން އަވަސް މުއްދަތެއްގައި "ޕޭސް މޭކަރ" އެއް ހަށިގަނޑަށް ލައްވަންޖެހޭ ޝައުރާ ބިންތި އަހްމަދު އިޝާމް އަށެވެ.
އެއް ގަޑިއިރުގެ ތެރޭގައި ފައިސާގެ ގޮތުގައި 61499.94 ރުފިޔާ އަދި ޑޮލަރުގެ ގޮތުގައި 205 ޑޮލަރު ލިބިގެންދިޔައެވެ. އޭގެ ތެރެއިން 100 ޑޮލަރަކީ ސަމާ އަދި ޓީމްގެ ފަރާތުން ހަދިޔާކުރި އަދަދެކެވެ.
ޝައުރާގެ އާއިލާއިން ޝައުރާގެ އޮޕަރޭޝަނަށް މި މަހުގެ 16ގައި ބޭރަށް ފުރާނެއެވެ.
މިރޭގެ ލައިވްގައި މައުލޫމާތުދެމުން ޝައުރާގެ ބައްޕަ ބުނީ ޝައުރާ އުމުރުން ކުޑަވުމުން، ޕޭސްމޭކަރ ފުރަތަމަ ލައްވާނީ ބަނޑަށް ކަމަށާއި އުމުރުން ތަންކޮޅެއް ބޮޑުވުމުން "ޕޭސް މޭކަރ" މެއަށް ބަދަލުކުރާނެ ކަމަށެވެ. އަދި ހަމަ އެހެންމެ ކޮންމެ އަށް އަހަރަކުން ޕޭސްމޭކަރ އަށް ބެޓެރީ ބަދަލުކުރަން ޖެހޭކަމުގައިވެސް ޝައުރާގެ ބައްޕަ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް