ފިރިހެނަކު ރަހީނުކޮށް ފޭރުނު އަންހެނަކު ހައްޔަރުކޮށްފި

މާލޭގައި ފިރިހެނަކު ކޮޓަރިއަކަށް ގެންގޮސް އިތުރު ފިރިހެނަކާ ގުޅިގެން ފޭރުނު އަންހެނަކު ހައްޔަރުކޮށް އެ އަންހެން މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ސ. މަރަދުއަށް އުފ...

06 Sep 2024 | 15:50

މާލޭގައި ފިރިހެނަކު ކޮޓަރިއަކަށް ގެންގޮސް އިތުރު ފިރިހެނަކާ ގުޅިގެން ފޭރުނު އަންހެނަކު ހައްޔަރުކޮށް އެ އަންހެން މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

އެގޮތުން ހައްޔަރުކޮށްފައިވަނީ ސ. މަރަދުއަށް އުފަން އެ ރަށު ކުންނާރުގޭ، އުމުރުން 27 އަހަރުގެ އާއިޝަތު މަލްޖާ މޫސާދީދީއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މަޖްލާ ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު، އައިޖީއެމް ހޮސްޕިޓަލު ކައިރިން ފިރިހެނަކު ހުއްޓުވާ އޭނާއަށް ކޮޓަރިއަށް ދައުވަތުދީ، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓް ހައުސްއަކަށް ގެންގޮސް އިތުރު ފިރިހެނަކާ ބައިވެރިވެގެން ރަހީނުކޮށް، ވިކްޓިމްގެ ފޯނާއި ކޭޝްކާޑު އަތުލާ އޭނާގެ އެކައުންޓުން 53 ހާސް ރުފިޔާ ފޭރިގެންފައެވެ.

"މި މައްސަލައިގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް