ބާރު ސްޕީޑްގައި ވެހިކަލް ދުއްވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނަށް އިސްލާހު ގެނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭ ހިނގާ ދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ފަރާތުގެ އާއިލާއަށް ތައުޒިޔާް ފޮނުވާފައެވެ.
މިިކަމާއި ގުޅިގެން ރައީސް ވިދާޅުވީ، މިފަދަ ހިތާމަވެރި ޙާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލެއްވުން ބޭނުންވާ ކަމެއް ކަމަށެވެ.
އަދި ރައީސް ވަނީ ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއިއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މި ސަރުކާރުން ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ދެއްވާފައެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑްގައި ވެހިކަލް ދުއްވާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް އަންގާފައި ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް