ސަމާގެ "ހިތުން ހިތަށް" އެހީ ޕްރޮގްރާމެއް މިރޭ – އެހީތެރިކަން ހޯދައިދެނީ ހިތުގައި ބްލޮކެއް އުފެދިފައިވާ އުމުރުން ދެ އަހަރުގެ ޝައުރާއަށް

މަރިޔަމް ސަމާ، އާންމު ނަމުން ނަމަ "ޓިކްޓޮކް ސަމާ"ގެ ހިތުން ހިތަށް ޕްރޮގްރާމެއް މިރޭ ކުރިއަށް ގެންދާނެއެވެ. ސަމާގެ "ހިތުން ހިތުން" ޕްރޮގްރާމަކީ ބޭސް ފަރުވާއާއި އެހެނިހެން ކަންކަމަށް އެހީތެރިކަން އިންތި...

06 Sep 2024 | 08:50

މަރިޔަމް ސަމާ، އާންމު ނަމުން ނަމަ "ޓިކްޓޮކް ސަމާ"ގެ ހިތުން ހިތަށް ޕްރޮގްރާމެއް މިރޭ ކުރިއަށް ގެންދާނެއެވެ.

ސަމާގެ "ހިތުން ހިތުން" ޕްރޮގްރާމަކީ ބޭސް ފަރުވާއާއި އެހެނިހެން ކަންކަމަށް އެހީތެރިކަން އިންތިހާއަށް ބޭނުންވާ ފަރާތްތަކަށް "ފަންޑް ރައިޒިން" ކޮށްދިނުމަށް ސަމާ އިސްވެ ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ސަމާގެ "ހިތުން ހިތަށް" މިރޭގެ ޕްރޮގްރާމްގެ ލައިވް މިރޭ 09:00ގައި ފަށާނެއެވެ. ލައިވްކުރާނީ ސަމާގެ ޓިކްޓޮކް އެކައުންޓުންނާއި ދުވަސްގެ ފޭސްބުކް ޕޭޖުގައެވެ.

ޝައުރާ ބިންތި އަހުމަދު އިޝާމަކީ އުފަންވިއިރުން ފެށިގެން ހިތުގެ ބްލޮކެއް ހުރެގެން ޑަކުޓަރަށް ދައްކަމުން އަންނަ ކުއްޖެކެވެ. ނަމަވެސް ކުއްޖާ ހެދިބޮޑުވުމަށާ އަދި ބައެއްކަހަލަ އުނދަގޫތައް ދިމާވަމުންދާތީ ޑަކުޓަރު އަންގަނީ ވީހާވެސް އަވަހަކަށް ޕޭސްމޭކަރ ލެއްވުމަށް ރާއްޖެއިން ބޭރަށް ދާށެވެ.

"ހިތުން ހިތަށް" ޕްރޮގްރާމް ލައިވްކޮށް ކުރިއަށްދާއިރު ޝައުރާ ބިންތި އަހްމަދު އިޝާމްގެ ބޭސްފަރުވާގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

ސަމާ ވަނީ މި އަހަރުގެ ތެރޭގައި މިހާތަނަށް ހަ އާއިލާއަކަށް، ބައި މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން، ސަމާގެ "ހިތުން ހިތަށް" ޕްރޮގްރާމް މެދުވެރިކޮށް ހޯދައިދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް