ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓްވި މައްސަލައިގައި ވައިލެޓްފެހި، ސ. ހިތަދޫ، މުހައްމަދު ވިސާމް ސިދުޤީ (26އ) ހައްޔަރުކޮށްފިއެވެ.
ރޭގެ ދަންވަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޙަމްވެ ފަރުވާ ދެނިކޮށް ލ އިސްދޫ ހަސަން ސަމާހް ވަނީ ނިޔާވެފައެވެ.
ފުލުހުން ބުނީ ރޭގެ ދަންވަރު02:48 ހާއިރު އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް، ސަމާހް ދުއްވަން އިން ސައިކަލުގައި ޖެހިގެން ކަމަށެވެ.
ދުވަހަށް މައުލޫމާތު ލިބުނު ގޮތުގައި އެކްސިޑެންޓްވިއިރު ސަމާހްގެ ފަހަތުގައި އިތުރު މީހަކު އިނެވެ. އެހެންނަމަވެސް އޭނާއަށް މާބޮޑު އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. ސަމާހް ނިޔާވެފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށްށެވެ. ހޮސްޕިޓަލަށް ގެންގޮސް މާ ގިނަ އިރު ތަކެއް ނުވަނީސް ސަމާހް ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް