ރޭގެ އެކްސިޑެންޓްގައި ނިޔާވީ ލ. އިސްދޫ، ހަސަން ސަމާހް – ހުޅުމާލެ ދިޔައީ މެރަތަންގައި ދުވަން

ރޭގެ ދަންވަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވެ ފަރުވާދެމުންދަނިކޮށް ނިޔާވީ ލ. އިސްދުއަށް އުފަން، ހަސަން ސަމާހް އެވެ. މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ސަމާހް ރޭގައި ހ...

06 Sep 2024 | 06:06

ރޭގެ ދަންވަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވެ ފަރުވާދެމުންދަނިކޮށް ނިޔާވީ ލ. އިސްދުއަށް އުފަން، ހަސަން ސަމާހް އެވެ.

މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ސަމާހް ރޭގައި ހުޅުމާލެއަށް ދިޔައީ ރޭ ދަންވަރު ފަށަން އޮތް މެރަތަންގައި ބައިވެރިވުމަށެވެ.

ކަރެކްޝަންސްގެ ޖަލު އޮފިސަރެއްގެ ގޮތުގައި މާފުށީ ޖަލުގައި ޑިއުޓީ އަދާކުރަމުން އަންނަ ސަމާހް އަކީ އަބަދުވެސް ދުވުމަށް ޝައުޤުވެރިކަން ހުންނަ މީހެއް ކަމާއި އެގޮތުން މެރަތަންގައި ބައިވެރިވުމަށް މާލެ އައިސް ރޭގައި ހުޅުމާލެއަށްގޮސް ނިޔާވީ އެ ސަރަހައްދުގައި އުޅެމުންދަނިކޮށް ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ސަމާހް ނިޔާވިއިރު ސަމާހްގެ އުމުރަކީ 23 އަހަރެވެ.

ފުލުހުން ބުނެފައިވާގޮތުގައި ރޭގެ ދަންވަރު 02:48 ހާއިރު އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސްޕޯޓްސް ކާރެއް، ސަމާހް ދުއްވަން އިން ސައިކަލުގައި ޖެހިގެންނެވެ. ކާރު ދުއްވަން އިން އުމުރުން 26 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެކްސިޑެންޓްވިއިރު ސަމާހްގެ ފަހަތުގައި ސައިކަލުގައި އިތުރު މީހަކު އިނެވެ. އެހެންނަމަވެސް އޭނާއަށް މާބޮޑު އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. ސަމާހް ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް