އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ހުޅުމާލޭގައި ރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ. ފުލުހުން މީޑިއާއަށް މައުލޫމާތުދެމުން ބުނެފައިވަނީ ހުޅުމާލެ ސެންޓްރަލް...

06 Sep 2024 | 03:48

ހުޅުމާލޭގައި ރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ.

ފުލުހުން މީޑިއާއަށް މައުލޫމާތުދެމުން ބުނެފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއްގައި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ރޭ ދަންވަރު 02:48 ހާއިރު ރިޕޯޓު ކުރި ކަމަށެވެ.

"މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ދުނިޔެ ދޫކޮށްފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރުކޮށްފައެވެ. އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް