ހިޔާލު ހޯދުމުގެ ވޯޓުތަކުން މުއިއްޒަށްވުރެ ފާރިސް ކުރި ހޯދަން ފަށައިފި

މި ފަހުން ބައެއް މީޑިއާތަކާއި ބައެއް އެހެނިހެން ފަރާތްތަކުން ނަގަމުން އަންނަ ހިޔާލު ހޯދުމުގެ ޕޯލްތަކުން ޑރ. މުހައްމަދު މުއިއްޒަށްވުރެ ފާރިސް ކުރި ހޯއްދަވަން ފައްޓަވައިފިއެވެ. ކުރިއަށް އޮތް ރިޔާސީ އިން...

06 Sep 2023 | 14:27

މި ފަހުން ބައެއް މީޑިއާތަކާއި ބައެއް އެހެނިހެން ފަރާތްތަކުން ނަގަމުން އަންނަ ހިޔާލު ހޯދުމުގެ ޕޯލްތަކުން ޑރ. މުހައްމަދު މުއިއްޒަށްވުރެ ފާރިސް ކުރި ހޯއްދަވަން ފައްޓަވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ، މިނިވަން ކެނޑިޑޭޓް ފާރިސް މައުމޫން، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް މިފަދަ ޕޯލްތަކުން ކުރި ހޯއްދަވަން ފެއްޓެވީ ރިޔާސީ ބަހުސަށްފަހުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން ޖެހި ޖެހިގެން މިފަދަ ހަތަރު ޕޯލެއްގައި ފާރިސް ވަނީ މުއިއްޒުގެ މައްޗަށް ކުރި ހޯއްދަވާފައެވެ. އެއީ މި ނޫހުން ޓްވިޓާގައި ކުރިއަށްގެންދިޔަ ޕޯލަކާއި ހަސަން ކުރުސީ ޓްވިޓާގައި ކުރިއަށްގެންދިޔަ ޕޯލަކާއި ރިޔާސީ ބަހުސަށްފަހު ދައުރު ނޫހުން އެ ނޫހުގައި ކުރިއަށްގެންދިޔަ ޕޯލެއްގެ އިތުރުން އެމްވީ ޕްލަސް އިން އެމްވީ ޕްލަސްގެ ވެބްސައިޓްގައި ކުރިއަށްގެންދިޔަ ޕޯލެކެވެ.

މި ޕޯލްތަކަށް ވަކިވަކިން ބަލާލާއިރު ދުވަސް ނޫހުން ޓްވިޓާގައި ކުރިއަށްގެންދިޔަ ޕޯލްގައި ޖުމްލަ 6296 މީހުން ވޯޓު ލާފައިވާއިރު ފާރިސް އެ ޕޯލްގެ 19 އިންސައްތަ ވޯޓު ހޯއްދެވިއެވެ. މުއިއްޒަށް ލިބިވަޑައިގަތީ 17 އިންސައްތަ ވޯޓެވެ. ދުވަސްގެ ޕޯލަކީ ރިޔާސީ ބަހުސް ނިމުނު ވަގުތު، ރިޔާސީ ބަހުސްގައި އެންމެ ރަނގަޅަށް ޕަރފޯމްކުރީ ކާކުތޯ ސުވާލުކޮށް ނެގުނު ޕޯލެކެވެ. ހަމަ އެ މައުލޫގައި ހަމަ އެ ވަގުތު ޓްވިޓާގައި ހަސަން ކުރުސީ ނެގި ޕޯލެއްގައި 8928 ވޯޓު ލާފައިވާއިރު އެ ޕޯލްގައި ފާރިސް ވަނީ 22 އިންސައްތަ ހޯއްދަވާފައެވެ. ޑރ. މުއިއްޒަށް އެ ޕޯލުން ލިބިލެއްވީ 14 އިންސައްތައެވެ. މީގެ އިތުރުން ހަމަ އެ ރޭ ދައުރު ނޫހުން އެ ނޫހުގައި " ސަންގު ޓީވީގެ ރިޔާސީ ބަހުސްގައި އެންމެ ރަނގަޅު ވާހަކަ ދެއްކެވީ ކޮން ކެންޑިޑޭޓެއް؟" މި މައުލޫގެ ދަށުން ނެގި ޕޯލްގައިވެސް ފާރިސް ކުރި ހޯއްދެވިއެވެ. ގާތްގަނޑަކަށް ދެ ހާހެއްހާ މީހުން ބައިވެރިވި އެ ޕޯލްގައި ފާރިސް 18 އިންސައްތަ ހޯއްދެވި އިރު ޑރ. މުއިއްޒަށް ލިބިލެއްވީ 10 އިންސައްތައެވެ.

މީގެ އިތުރަށް ފާހަގަކޮށްލެވޭ އަނެއް ޕޯލަކީ އެމްވީ ޕްލަސްއިން އެމްވީ ޕްލަސްގެ ވެބްސައިޓްގައި އެ ބަހުސާއި ގުޅޭގޮތުން ނެގި ޕޯލެވެ. އެ ޕޯލުން ހުރިހާ ކެނޑިޑޭޓުންނަށްވުރެ ކުރި ހޯއްދެވީވެސް ފާރިސެވެ. ފާރިސް އެ ޕޯލުން 40 އިންސައްތަ ހޯއްދެވިއިރު ޑރ. މުއިއްޒަށް އެ ޕޯލުން ލިބިފައިވަނީ އެންމެ 15 އިންސައްތައެވެ.

ހިޔާލު ހޯދުމުގެ މިފަދަ ޕޯލްތަކުން މި ފަހުން ފާރިސް ކުރި ހޯއްދަވަމުން އަންނައިރު ޑރ. މުހައްމަދު މުއިއްޒުގެ އެކައުންޓަށް ބްރިޖް ކުންފުނީގެ ޑޮލަރުތަކެއް ވަންތް މައްސަލަ ފެންމަތިވި ހިސާބުން ޑރ. މުއިއްޒުގެ ތާއީދު ކޮންމެވެސް ވަރަކަށް މަދުވަމުންދާކަން ފާހަގަކުރެވެމުން ދެއެވެ. އެގޮތުން ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިނިސްޓަރުގެ މަގާމުގައި ހުރެ ކުލީގެ ގޮތުގައިވެސް އެފަދަ ގޮތަކަށް އެ ޑޮލަރުގައި ޖެހުމަކީ ސީދާ އެކަމުގައި "ކޮންފްލިކްޓް އޮފް އިންޓްރެސްޓް" އޮތް ކަމެއް ކަމުގައި ބައެއް ފަރާތްތްކުން ގަބޫލު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް