ޑިޕްލޮމާ މުދައްރިސުން ބެޗްލަރސް ނިންމުމުން ދެ އަހަރު މަޑުނުކޮށް މިހާރު ރޭންކް 7ށް ބަދަލުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީމ ސިވިލް ސަރވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެންނެވެ.
އެ ސިޓީގައި ވަނީ، ކިޔަވައިދޭ މުދައްރިސުންނަކީ ތައުލީމީ ގޮތުން ފެންވަރު ރަނގަޅު ބަޔަކަށް ހެދުމަށްޓަކައި، ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަކީ އެންމެ ދަށްވެގެން ޑިގްރީ ލެވެލްއަށް ތައުލީމު ހާސިލު ކޮށްފައިވާ ފަރާތްތަކަށް ހެދުމުގެ މަގުސަދު ހާސިލު ކުރުމުގެ ގޮތުން އެކުލަވާލާފައިވާ މިންގަނޑު މިނިސްޓްރީއަށް ފޮނުވާ ކަމަށެވެ.
އެއީ ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކް 5 (ޑިޕްލޮމާ ލެވެލް)ގެ ޓީޗަރުންގެ މަގާމުތައް ސްކޫލު ސްޓާފް ރިކުއަރމެންޓްގައި ހިމެނުމުގައްޔާއި، އަދި އެފަދަ ޓީޗަރުން ޑިގްރީ ހާސިލު ކުރުމުން ޕަބްލިކް ސާވިސް ރޭންކް 7 (ބެޗްލަރސް ޑިގްރީ ލެވެލް)ގެ މަގާމަށް ހަމަޖެއްސުމުގެ ގޮތުން ސިވިލް ސާވިސް ކޮމިޝަނުން ފާސްކޮށްފައިވާ މިންގަނޑެވެ.
އެ މިންގަނޑަށް ކިޔަނީ "ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސާވިސް ރޭންކް 5 ގައިވާ ޓީޗަރުން ޑިގްރީ ހާސިލުކުރުމުން ޕަބްލިކް ސާވިސް ރޭންކް 7ށް ބަދަލުކުރުމުގެ މިންގަނޑު" އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނެފައި ވަނީ، ސްކޫލު/މަދަރުސާތަކާ އެ މިންގަނޑު ހިއްސާކޮށް، އެ މިންގަނޑާ އެއްގޮތަށް ސްޓާފް ރިކުއަރމަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ފާސްކުރުމަށް ކޮމިޝަނަށް ހެށަހެޅުމަށް އެދޭ ކަމަށެވެ.
"ރިކްއަރމެންޓް ފާސްވުމުން، މި މިންގަނޑުގެ ތެރެއިން އުފައްދަން ޖެހޭ މަގާމުތައް އުފެއްދުމަށް ކޮމިޝަނަށް ހުށަހަޅައި، މަގާމުތައް އުފެއްދުމުން، މި ހިނގަމުންދާ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންޓަރނަލީ އިއުލާނުކޮށް ޓީޗަރުންގެ މަގާމު ބަދަލު ކުރުމުގެ މަސައްކަތް ސްކޫލުތަކާ ގުޅިގެން ތިޔަ މިނިސްޓްރީއިން ކުރިއަށޤ ގެންދިއުމަށް އެދި ދެންނެވިން" ސިވިލް ސާވިސް ކޮމިޝަނުގެ އިއުލާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް