ކޮންޓެއިނަރ ޕާކުގައި ކޯ-ވޯކިން ސްޕޭސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި އާބަންކޯ ގުޅިގެން ކޮންޓެއިނަރ ޕާކުގެ ކޯ-ވޯކިން ސްޕޭސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އިކޮނޮމިކް މިނިސްޓްރީ އިން ބުނާ ގޮތުގައި ކޯ-ވޯކިން ސްޕޭސްއެ...

06 Sep 2023 | 08:25

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި އާބަންކޯ ގުޅިގެން ކޮންޓެއިނަރ ޕާކުގެ ކޯ-ވޯކިން ސްޕޭސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނާ ގޮތުގައި ކޯ-ވޯކިން ސްޕޭސްއެއް ތަރައްގީ ކުރުމުގެ މައިގަނޑު މަގްސަދަކީ ސްޓާޓައަޕްތަކާއި، އަލަށް ފަށާ ވިޔަފާރިތަކަށް މަސައްކަތްތައް ކުރެވޭނެ ފަހި މާހައުލެއް ގާއިމްކޮށްދީ، އެފަދަ ވިޔަފާރިތައް ކުރިއަރުވަން ފަންނީ އެހީއާއި ވަސީލަތްތައް ފޯރުކޮށްދިން ކަމަށެވެ.

އެގޮތުން މިތަނުގައި 16 ވޯރކް ސްޓޭޝަން އަދި މީޓިންގ ރޫމްގެ ވަސީލަތްތައް ވަނީ ގާއިމު ކޮށްފައެވެ.

މީގެ އިތުރަށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އިން އަލަށް ފަށާ ވިޔަފާރިތަކާއި ޒުވާނުންނަށް އަމާޒުކޮށްގެން ސީޑް ބައި ބީ.ސީ.ސީ ގެ ނަމުގައި ކޯ ވޯރކް ސްޕޭސް އެއް މާލޭގައި މިހާރުވެސް ދަނީ ހިންގަމުން ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފައިވެއެވެ.

މިފަދަ ފުރުސަތުތައް އިތުރު ކުރުމުގެ ގޮތުން ހުޅުމާލެގެ ކޮންޓެއިނަރ ޕާކްގައި ކޯ ވޯރކް ސްޕޭސް އެއް މިވަނީ ހުޅުވިފައި ކަމަށް އެ މިނިސްޓްރި އިން ފާހަގަކުރައްވައެވެ.

އެގޮތުން އެމް.އޯ.ޔޫގެ ދަށުން، މި ހުޅުވުނު ކޯ ވޯކިން ސްޕޭސް ބޭނުންކުރަން ގަސްތުކުރާ ފަރާތްތަކަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ކޮންސަލްޓޭޝަން އަދި އެޑްވައިޒަރީ ޚިދުމަތް މެދުވެރިކޮށް ވިޔަފާރި ތަމްރީން އަދި ވިޔަފާރި ކުރިއެރުވުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.

އޭގެ ތެރޭގައި ބިޒްނަސް ޕްލޭނިން، މާކެޓިންގް، އިދާރީ ހިންގުން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝަލް ޕްލޭނިން އަދި ބުކްކީޕިން ފަދަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ކޯ-ވޯކިން ސްޕޭސްގެ މެނޭޖްމަންޓް އަދި އޮޕަރޭޝަނަލް މަސްއޫލިއްޔަތް ބަލަހައްޓާނީ އާބަންކޯ އިންނެވެ.

ކޮންޓެއިނަރ ޕާކްގެ ކޯ ވޯކިންގ ސްޕޭސް – އޮޕަރޭޝަންސް އަދި މެނޭޖްކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، އާބަންކޯ އަދި ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި ދެމެދު އެމް.އޯ.ޔޫގައި، މިއަހަރު މެއި 18 ގައި ވަނީ ސޮއިކުރެވިފައިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް