މާފަންނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފްއިން ބުނީ، އަލިފާނުގެ ހާދިސާ ހިނގީ މ. ހައުސް ޕްލާޒާގައި ކަމަށެވެ. އަދި ރޯވީ ގުދަނެއްގޮތަށް ހުރި ތަނެއްގައިވާ ކުނިތަކެއްގައި ކަމަށެވެ.
ރޯވީ މީހުން ނޫޅޭ ތަނެއްކަމުން، އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ އަދި އަލިފާން ކޮންޓްރޯލް ވީ ނަމަވެސް އެއްކޮށް ނިވާ ނުލެވޭ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ދިވެހި ދެ ފިިރިހެނުންނެވެ.
ފުލުހުން ބުނީ، މާފަންނު ހައުސް ޕްލާޒާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރު ކުރީ 11 ޖަހާކަންހާއިރު ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށެވެ.
"މި މައްސަލައާ ގުޅިގެން ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި" ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް