ދިވެހި ފިލްމު “ޖޯކަރު” ޕްރިމިއާ ކޮށް، ހައުސް ފުލްކޮށް ފުރަތަމަ ޝޯ ދައްކައިފިއެވެ.
ބެލުންތެރިން ހެއްވާލި “ނޯޓީ ފޯޓީ”، “ފޯޓީ ޕްލަސް”، “ބައިވެރިޔާ” ފަދަ ފިލްމުތައް އުފެއްދި ޓީމުން މިފަހަރު އުފައްދާފައިވާ ފިމްލު “ޖޯކަރު” ފިލްމަކީ ސެޓާން ސްޓޫޑިއޯއާއި ސައި ޕްރޮޑަކްޝަންގެ ފަރާތުން އުފައްދާފައިވާ ފިލްމެކެވެ.
ފިލްމުގެ ފަސްޓްލުކް ޖުލައި މަހުގައި ދައްކާލާފައި ވާއިރު، ފަސްޓްލުކްއިން ފުރަތަމަވެސް ފެންނަނީ ‘އެ ފޮށި’ ހިފައިގެން އުޅޭތަނެވެ. އަދި އެ ފޮއްޓަކީ އެންމެންގެ ދިރިއުޅުމާވެސް ގުޅިފައިވާ ފޮއްޓެއް ކަމަށާއި އެ ފޮށީގެ މުހިންމުކަން އެންމެންނަށްވެސް އެނގޭކަމަށް ބުނެއެވެ. ނަމަވެސް އެ ފޮށި ވީ ކޮންތާކު، ކާކުގެ އަތުގައި ކަމެއް އެކަކަށްވެސް ނޭނގެއެވެ.
އެހެންކަމުން އެންމެންވެސް މަސައްކަތް ކުރީ އެފޮށި ހޯދާށެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ބެލުންތެރިންނަށް ފަރިތަ، ހުނަރުވެރި ޓީމެކެވެ. އޭގެ ތެރޭގައި ޝީލާ ނަޖީބް، އަހުމަދު ސައީދު، އަހުމަދު ނިމާލް، އަލީ އާޒިމް (ދޮން އައްޔަ)، ނާޝިދާ މުހައްމަދު އަދި ހަމްދާން ފާރޫޤް ހިމެނެއެވެ.
ފިލްމު ލިޔެ ޑައިރެކްޓް ކޮށްފައި ވަނީ ކުޅަދާނަ ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ)އެވެ. އަދި އޭނާގެ ހާއްސަ ފެނިލުމެއް ވަނީ ފިލްމުގައި ހިމަނާފައެވެ.
ސިޔާސީ ކުލަވަރު ޖައްސާފައިވާ މި ފިލްމަކީ މި ދުވަސްވަރާ ވަރަށް ގުޅޭ ފިލްމަކަށް ވާނެއެވެ. އެހެންކަމުން މިދުވަސްވަރު މި ފިލްމު ބަލާލުން ވަރަށް މުނާސަތު ކަމަށް ލަފާކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް