ހއ. ދިއްދޫގައި މިއަދު ބާއްވާ އެމްޑީޕީ ކުޑަކުދިންގެ ހަވީރުގައި ފިލްމީ ތަރި މަރިޔަމް އައްޒަ ބައިވެރިވުމަށް ހަމަޖެހިއްޖެއެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް އައްޒަ ފުރާފައި ވަނީ ރޭ "ޖޯކަރު" ފިލްމު ޕްރިމިއާ ކުރާ ހަފްލާއަށް ދިއުމަށް ފަހުގައެވެ. އައްޒަ ފުރީ ރޭ ދަންވަރުގެ ވަގުތެއްގައެވެ
އެމްޑީޕީ ދިއްދޫ ދާއިރާގެ ފަރާތުން ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ މިއަދ ހަވީރު 4:30ގައި ދެކުނު ސްޓޭޖް ސަރަހައްދުގައި ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.
މި ހަރަކާތުގައި އައްޒަގެ އިތުރުން ސޭނޑީއާއި އާޝާވެސް ބައިވެރިވާނެއެވެ.
މި ތަރިންނަކީ، ވަރަށް ފަހުން އެމްޑީޕީގެ ފަރާތުން މާލޭގައި ބޭއްވި 'އުފާވެރި އަމާން މާލެ' ބޮޑު ޖަލްސާގައިވެސް ބައިވެވި ތަރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް