މާލޭގައި އިތުރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، އަލިފާނުގެ ހާދިސާ ހިނގީ މ. ހައުސް ޕްލާޒާގައި ކަމަށެވެ. އަދި ރޯވީ ގުދަނެއްގޮތަށް ހުރި ތަނެއްގައިވާ ކުނިތަކެއްގައި ކަމަށެވެ.
ރޯވީ މީހުން ނޫޅޭ ތަނެއްކަމުން، އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ އަދި އަލިފާން ކޮންޓްރޯލް ވީ ނަމަވެސް އެއްކޮށް ނިވާ ނުލެވޭ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މިއަދު ފަތިހުވެސް މާލޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.
އެ ހާދިސާއާ ގުޅޭގޮތުން އެންޑީއެމްއޭއިން ބުނެފައިވަނީ އަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް ފަރާތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިނުވާކަމަށާއި ހޮސްޕިޓަލަށް ގެންދެވުނު ތިން މީހުންގެ ތެރެއިން ދެމީހަކަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ. އަދި އެޑްމިޓް ކުރެވިފައިވާ މީހާގެ ހާލުވެސް ރަނގަޅު ކަމުގައި އެންޑީއެމްއޭއިން ބުނެފައިވެއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ހޮސްޕިޓަލަށް ގެންދިޔައީ ދިވެހި ދެ އަންހެނަކާއި ބިދޭސީ ފިރިހެނެކެވެ. އެ ތިން މީހުންގެ ތެރެއިން ދިވެހި އެއް އަންހެނެއްގެ ފައިގަ ޕްލާސްޓާ އެޅުމަށްފަހު ގެއަށް ދޫކޮށްލާފައިވާއިރު އަނެއް ދިވެހި އަންހެން މީހާ ދޫކޮށްލާފައިވަނީ ތިން ދުވަސް ފަހުން ދެއްކުމަށް އިލްތިމާސް ކުރުމަށްފަހުގައެވެ. އެޑްމިޓް ކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ބިލާލް ނަމަކަށް ކިޔާ ރައްޔިތެކެވެ.
އަލިފާނުގެ ހާދިސާ ހިނގީ ވެގަ ޕޮއިންޓް ފިހާރަ ހުންނަ އިމާރާތުގައެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފަތިހު 04:30 ހާއިރުގައެވެ. ހާދިސާގައި އެ ފިހާރައާއި ފިހާރައިގެ ހުރިހާ މުދަލަކާއި އިމާރާތާއި އަދި އެ ސަރަހައްދުން 15 ވަރަކަށް ސައިކަލު އަނދާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް