ކާކުކަން ނޭނގޭ މީހަކު ހިންގަމުންދިޔަ "ހަސަން ކުރުސީ" ގެ އެކައުންޓް ޓްވިޓާއިން ސަސްޕެންޑް ކޮށްފިއެވެ.
އެ އެކައުންޓް ސަސްޕެންޑްކޮށް ޓްވިޓާއިން ބުނެފައިވަނީ އެ އެކައުންޓް ސަސްޕެންޑްކޮށްފައިވަނީ ޓްވިޓާގެ އުސޫލުތަކާއި ހިލާފުވެފައިވާތީ ކަމަށެވެ.
ހަސަން ކުރުސީ ނަމުގައި ހިންގަމުންދިޔަ އެ އެކައުންޓް ފާހަގަވެގެން ގޮސްފައިވަނީ ދަ ޑިމޮކްރެޓްސްގެ ފިކުރަށް ފާޅުގައި ތާއީދުކޮށް އެހެން ހުރިހާ ފިކުރެއްގެ ގޯސްކަންކަމުގެ ވާހަކަ ދައްކާ އެ ވާހަކަތަކާއި ގުޅޭ އެކި ކަހަލަ ޕޯސްޓްތައް ކުރަމުންދިޔަ އެކައުންޓެއްގެ ގޮތުގައެވެ.
ހަސަން ކުރުސީގެ އެކައުންޓް ސަސްޕެންޑްކޮށްފައިވާއިރު އެ ކައުންޓްގެ ފަހަތުގައިވަނީ ކާކުކަން ހޯދުމުގެ ތަހުގީގެއް ދިވެހި ފުލުހުން އަންނަނީ ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް