އަލިފާނުގެ ހާދިސާ: އެންޑީއެމްއޭގެ މަސައްކަތް ވަގުތުން ފެށިގެން ކުރިއަށް

ފަތިހު ރަތްވިލާ ގޯޅީގައި ހިނގި އަލިފާނުގެ ހާދިސާއަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެޓެންޑްވަމުން އެބަ ގެންދެއެވެ. އެގޮތުން އެންޑީއެމްއޭއިން ބުނެފައިވަނީ އަލި...

06 Sep 2023 | 04:21

ފަތިހު ރަތްވިލާ ގޯޅީގައި ހިނގި އަލިފާނުގެ ހާދިސާއަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެޓެންޑްވަމުން އެބަ ގެންދެއެވެ.

އެގޮތުން އެންޑީއެމްއޭއިން ބުނެފައިވަނީ އަލިފާން މިހާރު ނިއްވާލެވިފައިވާއިރު، ރައްކާތެރި ތަންތަނަށް މީހުން ބަދަލުކުރުމާއި ވަގުތީ ބޯހިޔާވަހިކަން ބޭނުންވެދަނެ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގީ ވެގަ ޕޮއިންޓް ފިހާރަ ހުންނަ އިމާރާތުގައެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފަތިހު 04:30 ހާއިރުގައެވެ. ހާދިސާގައި އެ ފިހާރައާއި ފިހާރައިގެ ހުރިހާ މުދަލަކާއި އިމާރާތާއި އަދި އެ ސަރަހައްދުން 15 ވަރަކަށް ސައިކަލު އަނދާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް