މާލެ ސަރަހައްދު ހިމެނޭހެން ރީނދޫ ސަމާލު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މާލެ ސަރަހައްދު ހިމެނޭހެން މެޓުން ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދ...

06 Sep 2023 | 04:09

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މާލެ ސަރަހައްދު ހިމެނޭހެން މެޓުން ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފައިވަނީ ހެނދުނު 07:30 އިން ފެށިގެން ހެނދުނު 11:30 އާއި ދެމެދުގެ ވަގުތަށެވެ.

މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް