އަލިފާނުގެ ހާދިސާ: ފިހާރައާއި އެ ސަރަހައްދުން 15 ވަރަކަށް ސައިކަލު އަނދާ ހުލި

ރޭ ފަތިހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފިހާރައަކާއި އެ ފިހާރައިގެ މުދަލާއި އެ ފިހާރަ ސަރައްދުގައި ހުރި 15 ވަރަކަށް ސައިކަލު އަނދާ ހުލިވެއްޖެއެވެ. އަލިފާނުގެ ހާދިސާ ހިނގީ ރަތްވ...

06 Sep 2023 | 01:03

ރޭ ފަތިހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފިހާރައަކާއި އެ ފިހާރައިގެ މުދަލާއި އެ ފިހާރަ ސަރައްދުގައި ހުރި 15 ވަރަކަށް ސައިކަލު އަނދާ ހުލިވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގީ ރަތްވިލާ ގޯޅީގައި ހުރި "ވެގަ ޕޮއިންޓް" ނަމަކަށް ކިޔާ ފިހާރައެއްގައެވެ. އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުނީ ފަތިހު 04:37 ގައި ކަމަށް އެމްއެންޑީއެފުން ބުނެނެއެވެ.

ރޯވި އަލިފާން ގާތްގަނޑަކަށް 06:30 ހާއިރު އެއްކޮށް ނިވާލާފައިވާއިރު މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައިނުވާކަމަށާއި ނަމަވެސް އެ ފިހާރައާއި ފިހާރައިގެ މުދާތަކާއި އަދި އެ ސަރަހައްދުގައި ހުރި 15 ވަރަކަށް ސައިކަލު އަނދާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް