ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ކަނޑާ ގޯތި ހަވާލުކުރަން ފަށައިފިއެވެ.
މިކަން ފަށާފައިވަނީ މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ބިން ވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު 2218 ފަރާތުގެ ތެރެއިން 21 ފަރާތަކަށް މިއަދު ގޯތި ކަނޑާ އެ ގޯތި ހަވާލުކޮށްފައިވާއިރު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އަމާޒަކީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މީހުންނަށް އާބާދުވެވޭވަރަށް އަސާސީ ހިދުމަތްތައް ދެވޭވަރަށް ތައްޔާރުވުން ކަމަށެވެ.
މިއަދު 21 ފަރާތަކަށް ގޯތި ކަނޑާ ދީފައިވާއިރު ގުޅީފަޅުން ކަނޑަންޖެހޭ ހުރިހާ ގޯއްޗެއް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގައިވެސް އަކްރަމް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން 19639 ރައްޔިތަކަށް ޖުމުލަ ނުވަ ހާހަށްވުރެ ގިނަ ގޯތި ދޫކުރާއިރު އެ ހުރިހާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ މިހާރު ވަނީ ހަވާލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް