ހަރުކަށި ފިކުރަށް ހާއްސަކޮށް މާފުށީ ޖަލުގައި 100 މީހުންގެ ޖާގައިގެ ހާއްސަ ޔުނިޓެއް އަޅަނީ

ހަރުކަށި ފިކުރުގެ ގައިދީންނަށް ހާއްސަކޮށް މާފުށި ޖަލުގައި100 މީހުންގެ ޖާގައިގެ ވަކި ޔުނިޓެއް ހަދަން ނިންމާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ. އެމަނިކުފާނު މިކަނ...

06 Sep 2022 | 17:37

ހަރުކަށި ފިކުރުގެ ގައިދީންނަށް ހާއްސަކޮށް މާފުށި ޖަލުގައި100 މީހުންގެ ޖާގައިގެ ވަކި ޔުނިޓެއް ހަދަން ނިންމާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަން ހާމަ ކުރެއްވީ މިރޭ ބޭއްވި މޯލްޑިވްސް ކަރެކްޝަނަލް ސާޥިސްގެ51 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ އެންމެން ޖަލުގައި ހައްޔަރުކުރުމުން، މައްސަލަ ޙައްލުވީކީ ނޫން ކަމަށެވެ. އެފަދަ ޤައިދީންނަށް، އެކަމާ ގުޅުންހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގަންޖެހޭ ކަމަށާއި ވަކިން ހަދާ ޔުނިޓުގެ ބޭނުމަކީ އެއީ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ރައީސް ވިދާޅުވީ ހަރުކަށީ ފިކުރަށް ހާއްސަކޮށް ވަކި ޔުނިޓެއް އަޅަން ނިންމީ ދާދި ފަހުން ޓްރާންސްޕޭރެންސީ މޯލްޑީވްސްއިން ޖަލުތަކާއި ބެހޭގޮތުން ނެރެފައިވާ ރިޕޯޓުގައިވާ ކަންކަން ދެނެގަތުމަށް ފަހު އެވެ.

އެ ރިޕޯޓާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ގައިދީން މިއަދު ތިބީ ވަރަށް ނުރައްކާތެރި ދެ އޮއިވަރެއްގައި ޖެހިފައިކަން އެނގިގެންދާ ކަމަށެވެ. އެއް ކަމަކީ، މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ޤައިދީންގެ ނުފޫޒާއި ދީނީ ހަރުކަށި ފިކުރުގައި ގައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރު ކަމަށެވެ.

ރައީސް ވިދާޅުވީ މި ދެ ކަންތައް ކުރަނީ ހަމައެކަނި ޖަލުގައެއް ނޫން ކަމަށާއި މިއީީ މުޅި މުޖުތަމަޢުގެ ތެރޭގައި މޫލައި ފެތުރެމުންދާ ނުރައްކާތެރި ދެ މައްސަލަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް