މި މަހު ބާއްވާ މޯލްޑިވްސް ހާފް މެރަތަންގެ ޑިޖިޓަލް ޕާޓްނަރއަކަށް އުރީދޫ ހަމަޖައްސައިފިއެވެ.
މި އިވެންޓު ބޭއްވުމަށް ނިންމާފައިވަނީ މި ސެޕްޓެމްބަރ މަހުގެ 9 އަދިި 10 ވަނަ ދުވަހު ހުޅުމާލޭގައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ދުވުމުގެ މި އިވެންޓުގައި ހާފް މެރެތަން (21 ކިލޯމީޓަރ) އާއި 15 ކިލޯމީޓަރާއި، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ފަން ރަން ހިމެނެއެވެ.
މީގެ އިތުރުން އިންލައިން ސްކޭޓިންގ އާއި ވީލްޗެއަރ ރޭސް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ،
މިއީ ރާއްޖެއާއިި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭގޮތަށް ޢާންމުކޮށް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވާ އިވެންޓެކެވެ.
މި ދުވުމުގައި ބައިވެރިވާ މީހުންނަށް ދުވުމުގެ ކިޓް މޫލީ މެދުވެރިކޮށް ލިބޭއިރު، ޓީޝާޓް އުރީދޫއިން ޑެލިވަރީކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދުވުން ފުރިހަމަ ކުރުމުން މެޑަލް ވެސް މޫލީ މެދުވެރިކޮށް ހަވާލުކޮށްދޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް