ގައުމީ ސަލާމަތާ ބެހޭ ބިލު އެމްޑީޕީން ބޭރުކޮށްލުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ހަމަތަކާއި ޚިލާފު ކަމެއް ކަމަށްމަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ގައުމީ ސަލާމަތާ ބެހޭ ބިލު ބަލައިނުގަތުމަށް މަޖިލިހުން އިއްޔެ ފާސްކޮށްފައިވަނިކޮށްނެވެ.
އޭނާ ނެރުއްވިި ބަޔާނެއްގައި ވިދާޅުވީ އެއީ އިދިކޮޅުގެ އަޑު މަޖިލީހުގައި ކަނޑުވާލަން ހިންގި އަމަލެއް ކަމަށެވެ. އަދި މިހާރަކަށް އައިސް ރައްޔިތުން ކަންބޮޑުވާ ބައިވަރު މައްސަލަތައް އެމްޑީޕީގެ ސުޕަރމެޖޯރިޓީން ބަލައިނުގަންނަ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ކަމަށާއި ސުޕަރމެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި ގައުމީ ސަލާމަތާ ބެހޭ ބިލުގައި ހިމަނާފައިވާ ބައެއް ނުކުތާތަކުގެ ތެރޭގައި، ގައުމީ ސަލާމަތް ދިފާއުކޮށް ރައްކާތެރިކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމާއި، ގައުމީ ސަލާމަތާ ބެހޭ ކައުންސިލާއި ނެޝަނަލް އިންޓެލިޖެންސް ކޮމިޓީ އުފެއްދުމާއި، އެ ފަރާތްތަކުގެ ޒިންމާތަކާއި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ކަންކަން ކުރާނެ ގޮތްތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް